އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަޕްޑޭޓެއް، އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބެކް ޕިލިންގެ މަސައްކަތާއި، ބެޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރޭގައި ބެކް ފިލިން އަދި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފުރިހަމަކުރުމާއި، ބެކްފިލިންގެ މަސައްކަތްތަކަށް އަދި ޖީއޯ ބޭގްސްއަށް އެޅުމަށް 4،430 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 147 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ހަތަރު މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތިންވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު