ރާއްޖޭގައި ގިނަ ރަށްތަކަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް، އެކަމަށް ކުރަންހުރި މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ލިބުން ދަތިވެފައިވާތީ އެ މައްސަލަތަކަށް ހައްލު ހޯދުން ލަސްވެފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި ހިމެނޭ ގިނަ ރަށްތަކަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވައި އެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ ކަންތައްތައް އޮޅުން ފިލުވުމަށް ގިނަ މެންބަރުންތަކެއް ވަނީ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގިރުރުމުގެ މައްސަލަ ކުމަތިވެފައިވާ 40 ރަށެއް ލިސްޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ މަސައްކަތަށް ގާބިލު ކޮންޓްރެކްޓަރުންގެ އަދަދު މަދުވުން ކަމަށެވެ.
އެމްޓީސީސީގެ އިތުރުން ދެން އޮންނަނީ ފަސް ވަރަކަށް ކުންފުނި ކަމަށެވެ. އަދި ޑައިރެކްޓް އެވޯޑުގެ ގޮތުގައި އެ މަސައްކަތް ކުރެވެން އޮންނަނީ ހަމައެކަނި އެމްޓީސީސީ ކަމަށާއި އެހެން ކުންފުނިތަކުގައި އެ ކެޕޭސީ ނުހުންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް ގިނަ މަސަައްކަތްތަކެއް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި އެ ކުންފުނިީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރަކުން، ހަވާލު ކޮށްފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު