ޕެޕޭ ރެސްޓޯރަންޓް ދިވެހިންގެ ތެރެއަށް ތައާރަފުވެފައިވަނީ ތަފާތު މީރު ސަބްމެރިން ގެ ރަހަތަކާ އެކުއެވެ. ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ބަލައި ޕެޕޭ އިން މިހާރު ވަނީ އެ ރެސްޓޯރަންޓުގެ މެނޫއަށް ޕިއްޒާ ވެސް އިތުރުކޮށްފައެވެ.
މައިގަނޑުކޮށް ޓޭކްއަވޭ އާއި ޑެލިވަރީކުރާ ގޮތަށް ހުޅުވައިލައިފައިވާ މި ރެސްޓޯރަންޓުން ވަނީ ޕިއްޒާ ކާން ފޯރި ހުންނަ ފަރާތްތަކަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފައެވެ. އެއީ ޕިއްޒާއަކަށް އޯޑަރު ކުރާތާ 50 މިނެޓް ތެރޭ ޑެލިވަރީ ނުކުރެވިއްޖިއްޔާ ޕިއްޒާގެ އަގުން 50 ޕަސެންޓް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ.
މި މަހުގެ ނިޔަލަށް ޕެޕޭ އިން ހިންގާ މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ. އަދި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ހަވީރު 6:00 އާ ދެމެދު އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކަށްވެސް މި ޕްރޮމޯޝަން ހިނގާނެ ކަމަށް ޕެޕޭ އިން ބުނެއެވެ. ހުކުރު ދުވަހު ޕްރޮމޯޝަން ކުރިއަށް ދާނީ ހަވީރު 3:00 އިން 6:00 އާ ދެމެދު އެވެ.
ޕެޕޭގެ ކޯ ފައުންޑާ، އިއްޒަތު ރަޝީދު ވަން އަށް ވިދާޅުވި ގޮތުގައި ޕެޕޭގެ ސަބްމެރިން އެކޭ އެއްފަދައިން ޕިއްޒާގެ ރަހަތައްވެސް ތަފާތުވާނެއެވެ. އިއްޒަތު ވިދާޅުވީ ޕެޕޭގެ ކޮންމެ ޕިއްޒާއަކުންވެސް އަސްލު އިޓާލިއަން ޕިއްޒާގެ ރަހަ ލިބޭނެއެވެ. އަދި ޖުމްލަ 22 ވެރައިޓީއެއްގެ ޕިއްޒާ ލިބެންހުންނާނެ ކަމަށާއި ހުރިހާ ޕިއްޒާއެއް ވެސް ހުންނާނީ އެއް އަގެއްގައި ކަމަށް އިއްޒަތު ވިދާޅުވި އެވެ. އެއީ 125ރ އެވެ. އަދި ކޮންމެ ޕިއްޒާއަކާ އެކު ހިލޭ ކޮކާކޯލާ ފުޅިއެއްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެޕޭގެ ކޮމިޓްމެންޓަކީ 50 މިނެޓް ތެރޭ މާލޭގެ ކޮންމެ ހިސާބަކަށްވެސް ޕިއްޒާ ޑެލިވަރީ ކޮށްދިނުމެވެ. ބަނޑުހައިވެގެން ޕިއްޒާއެއް ކާލަން ބޭނުންވާ ކަސްޓަމަރުން ދިގު އިންތިޒާރެއް ކުރަން ނުޖެއްސުމެވެ. ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން އޮތީ ވިން-ވިން ހާލަތެކެވެ. އެއީ އޯޑަރުދޭ ޕިއްޒާ އަވަހަށް ލިބުމުވެ. އަދި ބަނޑުހައިކަންމަތީހުރެ އޯޑަރު ލަސްވެގެން ރުޅި އަންނަ ކަސްޓަމަަރުން ބޮޑު އަގެއް ޕިއްޒާއަށް ދޭން ނުޖެހުމެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ހުޅުވި މި ރެސްޓޯރަންޓް ހުންނަނީ މާލޭގެ ބޮޑުފެންވަޅުގޭގައެވެ. މައިގަނޑުކޮށް ޓޭކް އަވޭ އާއި ޑެލިވަރީ އަށް އަމާޒުކޮށްފައި ވީ ނަމަވެސް ޕެޕޭގައި ޑައިން އިންވެސް ކުރެވެއެވެ. ދިވެހިންގެ ތެރެއަށް "ޔަމީ" ސަބްމެރިން އެއް ތައާރަފުކުރި ޕެޕޭ އުމުރުން ކިތަންމެ ހަގަސް، ޕެޕޭ ވަނީ ރާއްޖެއިން ލިބޭ "މީރު ސަބްމެރިން"ގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދައިއިފަ އެވެ. ޕެޕޭގެ ޕިއްޒާގެ ރަހަތައްވެސް އެހާ ތަފާތެވެ. އަޖުމަ ބަލައިލުން ރަނގަޅެވެ. ޑެލިވަރީއަށް ގުޅާނެ ނަންބަރަކީ 7573773 އެވެ.