ޚަބަރު

ގަމު، ތުނޑީ އަވަށު ބަނދަރު މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް ދީފި

ރިފާ ހަލީލު

ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ.

ގަމުގެ ތުނޑީ އަވަށުގެ ބަނދަަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ހިއްސާ ކުރަމުން އެމްޓިސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާރު ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީން މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 24.71 މިލިއަން ރުފިޔާ އަށެވެ.