ކ. މާފުށީ ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ ދަރިވަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު 11.43 ހާއިރު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މާފުށި ސްކޫލަށް މަސްތުވާތަކެތި ގެންދިޔައީ އެ ސްކޫލުގެ ދަރިވަރެކެވެ. އެ ދަރިވަރު ސްކޫލު ތެރޭގައި މަސްތުވާތަކެތި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު