ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ.ސީވީޑް އަހުމަދު ލަތީފް، އަނބުރާ ގެނެސް، އެގައުމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ގ.ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ރުހުންދީފިއެވެ.
ލަތީފްގެ ބަދަލުގައި ޖަރުމަނު ސަފީރުކަމަށް އާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ހުސްވި އޭޕްރީލްމަހުގެ ތެރޭގައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުން ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ. އެކަމާބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އާއިޝަތު ޝާން ޝާކިރަށް ރުހުންދޭން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.
އާއިޝަތު ޝާން ޝާކިރު ދިވެހި ސަފީރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ބަނގްލާދޭޝްގައެވެ. ނަމަވެސް މިހާރު ހުންނެވީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.
ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ސީވީޑް އަހްމަދު ލަތީފު އައްޔަނު ކުރެއްވީ، 20 ޖެނުއަރީ 2019 ގައެވެ.
ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ލަތީފް ވަނީ، ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު