އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނ. ހެނބަދޫން ވޯޓުލީ މީހުން 100 ޕަސެންޓް ދީފިއެވެ.
ހެނބަދޫގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން, އެރަށުން ވޯޓުގައި ބައިވެރިވި 111 މީހުންވެސް ވޯޓު ލާފައިވަނީ ފައްޔާޒަށެވެ. އެއްވެސް ބާތިލު ވޯޓެއް ނެތެވެ.
މިއީ ފައްޔާޒާ ވާދަކުރި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް އެންމެ ވޯޓެއްވެސް ނުލިބުނު ހަމައެކަނި ރަށެވެ.
އަންހެނުންގެ ރޫހުގެ ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވާދަކުރި ރޮޒައިނާ އާދަމަށްވެސް އެރަށުން ވަނީ 100 ޕަސެންޓް ދީފައެވެ. އެގޮތުން ވޯޓުގައި ބައިވެރިވި 56 މީހުންވެސް ވޯޓުލާފައިވަނީ ރޮޒޭނާއަށެވެ. އޭނާއާ ވާދަކުރި ސަފާތު އަހުމަދު ޒާހިރަށް އެއްވެސް ވޯޓެއް ނުލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު