މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ދެ މީހަކު ގަދަކަމުން ހިފެހެއްޓުމަށްފަހު އެ މީހުންނަށް އަނިޔާކޮށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި ހުއްދަ ނޫން ގޮތެއްގައި ދެ މީހަކު ހިފެހެއްޓުމުގެ އިތުރުން މާރާމާރީ ހިންގައި ބިރުދެއްކުމުގެ މައްސަލަތައް ވެސް ހިމެނެއެވެ. ޒަހަމްވި ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ އުމުރުން 24 އަހަރުގެ ގއ. މާމެންދޫ / ޒެނިތު، އައިހަމް އާދިލް އާއި، 19 އަހަރުގެ ގއ. މާމެންދޫ / އިފަން، އިފްހާމް އަހްމަދު އަދި 21 އަހަރުގެ ކ. ކާށިދޫ / ދުންތަރި، މުހައްމަދު ޝުނާނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.