މާލެގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭ ސަރަހައްދުގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކޮށްފައިވާ މައްސަލައެއް މި މަހުގެ ހަތް ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ބުންޏެވެ.
ދާދި ފަހުން މާލޭގައި އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ ކޯޓުން އިއްޔެ އޭނާ ދޫކޮށްލާފައިވާ އިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު