ވައިގެ މަގުން ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން އަތުލައިގަތް 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ ތިންވަނަ ދުވަހު މިތަކެތި އަތުލައިގަތީ، ވައިގެމަގުން ރާއްޖެ އައި ޕަސެންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން އެ ލަގެޖުން 4.226 ކިލޯގެ ކޮކެއިން ފެނިފައިވެއެވެ. އެތަކެތީގެ މަގުމަތީއަގު 21 މިލިޔަން ރުފިޔާއަށް އަރައެވެ.

ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު މި މައްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.