ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 130 މީހުންނާއެކު މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ "ފުރާގު 2" ބޯޓު ފަރަށް އަރާފައިވަނީ ޅ. ފެލިވަރު ކައިރީގައި އޮންނަ ގާއެރިފަރަށެވެ.
ފުލުހުން މިރޭ ބުނީ ބޯޓު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:31 ގައި ކަމަށާއި ބޯޓު ފަރަށް އެރި އިރު ބޯޓުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 130 މީހަކު ތިބި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް ސާފެއް ނުވެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އެ ބޯޓްގައި ތިބި މީހުން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފުރާގު 2" ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.