ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި އެހެނިހެން މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނިންމައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.
ރައީސް ނަޝީދުު އަވަހާރަކޮށްލަން ދިން ހަމަލާއަށް މިއަދު އަހަރެއްފުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާގެ ޝަރީއަތްތަށް ލަސްވާތީ ކަންބޮޑުވާ ކަމަށެވެ. އަދި މިހާތަނަށް ޝަރީއަތް ނިމިފައިވަނި އެންމެ މީހެއްގެ ކަމަށާއި ބާކީ ތިބި އަށް މިހުންގެ މައްސަލަ އެކިއެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ، ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި އެހެނިހެން ފަރާތްތަކުގެ މައްސަލަތައް އަވަހަށް ތަހުގީގު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއަކީ މި ފަހުގެ ތާރީހެއްގައި ދިން އެފަދަ އެންމެ ބޮޑު ހަމަލާ ކަމުން އެފަދަ ހުރިހާ ހަމަލާތަކެއް ތަހުގީގުކޮށް، ޝަރީއަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މިގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް ބުންޏެވެ.
"މި ހަމަލާގެ ސަބަބުން އެމަނިކުފާނު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއް ތަނަށް ވަޑައިގެންނެވުން ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި. އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅާއި ވާޖިބާއި މަސްއޫލިއްޔަތު އަދި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު