މިއަދު އައިޖީއެމްއެޗަށް ގެންދިޔަ މަރުވެފައި އޮތް މީހަކު ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން މިރޭ ބުނީ، މިއަދު އިރާކޮޅުގެ ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.
އެމީހާ ސިފަކޮށްދެމުން ފުލުހުން މައުލޫމާތުދިން ގޮތުގައި އައިޖީއެމްއެޗަށް ގެންދެވިފައިވާ މީހަކީ ގާތްގަނޑަކަށް ފަސް ފޫޓު ހަ އިންޗި ހުރި އުމުރުން 50 އާއި 60 އަހަރާ ދެމެދުގެ ފިރިހެނެކެވެ. އެމީހާ ލައިގެން ހުރީ މަޑު މުށި ކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރެކް ޝޫޓެކެވެ. އަދި އެމީހާއަކީ ތުނބުޅިއެއް ހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ، އިސްތަށި އެއްކޮށް ނުރަ މީހެއްކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު