ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ފިލުވައިގެން އުޅުނު މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ސ. ހިތަދޫ، މަނާލް (މިހާރު އުޅޭ އެޑްރެސް: މ. މުއްކޮޅުގެ) މުހައްމަދު މިންހާލް އަލީ، 25އ އެވެ.
މިންހާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ މިންހާލް 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ގާޒީ ހަސަން ސައީދު އެގޮތަށް އަމުރުކުރެއްވީ ފުލުހުން މިންހާލްއާ ދެކޮޅަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާތީއެވެ. ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ހާދިސާ ހިނގި ގޮތުގެ ރިޕޯޓު ހިމެނެެެއެވެ.
މިންހާލްއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކުރައްވައި ގާޒީ ހަސަން ސައީދު ވިދާޅުވީ މިންހާލް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިންހާލް ބަންދުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު