ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 ޕަސަންޓް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 91 ޕަސަންޓް ފުރިހަމަކުރެވިފައިވާ ކަމަށާއި އަދި ތާރު އެޅުމުގެ މަސައްކަތުގެ ވެސް 75 ނިމިފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު މިހާރު ދުވާފަރަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 17،790 އަކަ މީޓަރުގެ ނުވަ މަގެއް ހެދުމާއި 6،923 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބަތި ހަރުކުރުމާއި ޓްރެފިކް ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 37.8 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު