އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެމްޕެއިންގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޓީމުން އެ ޕާޓީއަކީ ނަފުރަތުގެ ރަމްޒަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވާ ކަމަށް އޭނާއާ ދެކޮޅަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުގައި ހދ. ކުމުންދުއަށް މިއަދު ކުރެއްވި ދަތުރުގައި އެރަށުގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކެމްޕެއިން ކުރަން ޖެހޭނީ ނަފުރަތު އުފައްދައިގެން ނޫން ކަމަށާއި، މި އިންތިހާބުގައި ރީތިކޮށް ދެ ފަރާތަށް ކެމްޕެއިން ކުރެވެންޖެހޭނެ ކަމަށެވެ.
ކޮންމެ ބަޔަކުވެސް އެ ބައެއްގެ ތަސައްވުރު ރައްޔިތުންނާ ހަމައަށް ގެނައުމުން، އެ ގަބޫލުކޮށް އެ ބަޔަކު ވޯޓުދޭން ބޭނުންވާ ބަޔަކަށް ވޯޓު ދިނުމުން އެކަން ނިމުނީ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"އެބޭފުޅުންގެ ތަސައްވުރު ތިބޭފުޅުންނާ ހިސާބަށް ގެންނެވީމަ ތިބޭފުޅުން އެކަން ގަބޫލު ކުރައްވައިގެން ވޯޓުލާ މީހަކަށް ވޯޓު ލީމަ އެ ނިމުނީ. އެހެން އޮތް ކަމެއް މިއީ،" ފައްޔާޒް ވިދާޅުވިއެވެ.
އެތެރޭގެ ކޮންމެ އިންތިހާބެއްގައި ބޮޑެތި ނަފުރަތުތަކެއް އުފެއްދުމުގެ ބަދަލުގައި، ރަނގަޅު ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އެމްޑީޕީގެ ކެމްޕެއިންތައް ކުރިއަށްގެންދަން ޖެހޭ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އޭރުން ރައްޔިތުން ރުހޭ މީހާއަށް އެމީހުން ވޯޓުލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ކަންތައް ކުރިއަށްދަނީ ވަރަށް ދެރަވަރުކޮށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން ނަފުރަތު އުފައްދައިގެން ކެމްޕެއިން ކުރިއަށްގެންދާ މަގުން، ނުދިއުމަށް ގަދައަޅައި ވަރަށްބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި، ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަަނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަކުރައްވަނީ އިންތިއެވެ.
މި އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަވެ، ދެ ފަރާތުން ދޭ ރައްދު ދިނުންތައް ވަނީ ހޫނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު