ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ވެއިޓަރު މަރައިލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޕާކިސްތާނުގެ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހާންޖީ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގުލަދޭޝްގެ އެމްޑީ ޝާހިން، 29އ އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރު ކުރީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު، 26އ އެވެ.
އެ ހާދިސާއަށްފަހު އޭނާ ފިލިއެވެ. ނަމަވެސް އެރޭ ދަންވަރު ހުޅުމާލެ ފޭސް ދޭއްގެ އަތިރިމަތިން، ފުލުހުން އޭނާ ހޯދައި، ހައްޔަރު ކުރުމަށްފަހު ބަންދަށް 15 ދުވަހުގެ މުއްދަތު ޖެހިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިއްޔެ އިތުރު ކުރީ ފުރަތަމަ ބަންދު ކުރި 15 ދުވަހުގެ މުއްދަތު ހަމަވާތީއެވެ.
ހާންޖީ ރެސްޓޯރެންޓުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކާ ގުޅިގެން ބަންގުލަދޭޝް މީހާ ވަނީ މަރުވެފައެވެ. އޭނާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާ އިރު، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު