މި ސަރުކާރުގެ ކާމިޔާބީގައި އިނޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ދައުރު ބޮޑު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ފައްޔާޒަށް ތާއީދުކުރައްވާ ސަބަބު ބަޔާންކުރައްވައި، މެންބަރު ގަފޫރު ވިދާޅުވީ، މީހެއްގެ ގާބިލުކަން އެނގޭނީ އެމީހަކު ކަންކަމާ ކުރިމަތިލައި އެކަން ކާމިޔާބުކުރާ ގޮތަކުން ކަމަށެވެ. އަދި މި ސަރުކާރުގެ ކާމިޔާބީގައި ފައްޔާޒްގެ ދައުރު ބޮޑުކަމަށް ގަފޫރު ވިދާޅުވިއެވެ.
"މީހާގެ ގާބިލުކަން މި އޮންނަނީ ކަންކަމާ މީހާ ކުރިމަތިލާގޮތާ އެކަންކަން ހާސިލުކުރާގޮތާ އެ ވިންކުރުމަށް އޭނަގެ ހުންނަން ޖެހޭ ކަރޭޖާއި މިހުރިހާ އެއްޗަކާ ބިނާކޮށް މީހެއްގެ ގާބިލު މީހަކަށް ވެގެން މިދަނީ" ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، އެމްޑީޕީއަށް ހެޔޮއެދިގެން މަސައްކަތް ކުރާނަމަ ސަރުކާރުގައި ހުރި ގޯސްތައް ވާހަކަދައްކައިގެން، ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން އެ މަސައްކަތް ކުރުމަކީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލަން ހިންގާ ޖަޒީމާއެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށްވެސް އެނގޭ މީހުން އިހުލާސްތެރިކަމާއެކު ހެޔޮހިތުންކުރާ މަސައްކަތާ އަޑީގައި ތިބެގެން މޫނުމަތިން އަނެއް ފަރާތަށް ބޯ އަނބުރައިގެން ކުރާ މަސައްކަތް ފެނުނީމާ." ގަފޫރު ވިދާޅުވިއެވެ.
ގަފޫރު އިތުރަށް ވިދާޅުވީ، އިހްލާސްތެރިކަމެއް ނެތި ކުރާ މަސައްކަތުން ފައިދާއެއް ނުވާނެ ކަމަށެވެ.
ގަފޫރުގެ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން އަންނަނީ އިދިކޮޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ސަރުކާރާ ދެކޮޅު ބައެއް މައްސަލަތަކާއި ގަރާރުތައް ބަލައިނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު