ޚަބަރު

ވެމްކޯއިން ކުނިކެހުމުގެ ވަޒީފާއަށް 50 މީހަކު ހޯދަނީ

ކުނިކެހުމުގެ ވަޒީފާއަށް 50 މީހަކު ހޯދަން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއުލާންކޮށްފިއެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ހުޅުމާލެ ކަހައި ސާފު ކުރުމުގެ މަސައްކަތަށް 50 މީހުން ބޭނުންވާ ކަމަށެވެ. އަދި އެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށެވެ.

މަގާމަށް އެދި ހުށައަޅާ ފޯމް އަދި ލިޔެކިޔުންތައް ބަލައިގަންނާނީ މއ. ޖަންބުގަސްދޮށުގެ ދެވަނަ ފަންގިފިލާއިންނެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 ހަމައަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.

އެ މަގާމަށް ހޮވޭ މީހުންނަށް 8،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބަލައިގަންނާނީ ފުރަތަމަ ހުށަހަޅާ 100 ފޯމު ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

މަގާމަށް އެދި ހުށައަޅާ ފޯމް އަދި ލިޔެކިޔުންތައް ބަލައިގަންނާނީ މއ. ޖަންބުގަސްދޮށުގެ ދެވަނަ ފަންގިފިލާއިންނެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 ހަމައަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.

އެ މަގާމަށް މީހުން ނެގުމުގައި އެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލާނެއެވެ. އަދި ވެމްކޯގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމުގެ އިތުރުން އިންޓަވިއުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވެމްކޯއިން ކުނި ކެހުމުގެ ވަޒީފާއަށް 50 މީހުން ހޯދަން އިއުލާންކޮށްފައި މިވަނީ ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެމްކޯއާ މިއަދު ހަވާލުކުމުންނެވެ.

ވެމްކޯ އިން ގެންދަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ކުނީގެ ކަންތައް މެނޭޖު ކުރަމުންނެވެ. ކުނި ކެހުމާއި ގޭގެއިން ކުނި އުކާލުމުގެ ހިދުމަތް އެ ކުންފުނިން ދެއެވެ.