ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަދީޖާ ލީނާގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
އެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމާފައި މި ވަނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިތާ ތިން އަހަރު ފަހުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ ގާނޫނު ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 9 އޮކްޓޯބަރު 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަދީޖާ ލީނާގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މެޖިސްޓްރޭޓް ލީނާއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގުކުރީ ކޮން މައްސަލައެއް ކަމެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ލީނާ ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު