ރާއްޖެ މާކެޓު ކުރުމަށް އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓާ ގުޅިގެން ސަގާފަތް ދައްކުވައިދޭ ލެންސަކާއި ފިލްޓާއެއް ތައާރުފުކޮށްފިއެވެ.
ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން، އުރީދޫން ވަނީ ސްނެޕްޗެޓް އާ އެކު ޕާޓްނާޝިޕެއް ހަދައިފައެވެ. މި ޕާޓްނާޝިޕުގެ ދަށުން ހަދާފައިވާ އާ ލެންސާއި ފިލްޓަރު ތައާރަފުކުރީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ.
އުރީދޫ މޯލްޑިވްސް އިން މި ފިލްޓާ އަދި ލެންސް ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅިގެންނެވެ. އެ ހަފުލާގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު ހަސަން އަލް ހަމާދީގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ސްނެޕްޗެޓުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެ ހަފުލާގައި ހާލިދު ވިދާޅުވީ ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އުރީދޫން މިއަދު މި އިފްތިތާހު ކުރި އާ އޭއާރް ލެންސާއި ޖިއޯފިލްޓާ ފަދަ ގޮތްގޮތުން ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ ކަމަށެވެ. އަދި މިފަދަ ޕާޓްނާޝިޕެއްގެ މަގުސަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނާއި ވިޔަފާރިތައް އޭއާރް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވައި، މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ ހޯދުމަށް ހިތްވަރުދިނުންކަމަށް ހާލިދު ވިދާޅުވިއެވެ.
އެ ހަފްލާގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ސޯޝަލް މީޑިއާ އާއި "ޑިޖިޓަލް ރިވޮލިއުޝަން" އަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި ސްނެޕްޗެޓް ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރަން މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
"ޓެކްނޮލޮޖީ އަކީ އަހަރުމެންގެ ދިރިއުޅުމުގެ ބައެއް. މީ ވަރަށް މުހިއްމު ކަމެއް. ހަމައެކަނި ޓޫރިޒަމް ޕްރޮމޯޝަނަށް އެކަންޏެއް ނޫން، ރާއްޖޭގެ ތަރައްގީއަށް ވެސް ވަރަށް މުހިންމު." މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތައާރުފުކުރި ފިލްޓާ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަގާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމަކަށެވެ. "ހެލޯ ފްރޮމް ދަ ސަނީސައިޑް" ޖިއޯފިލްޓާ ފަރުމާކޮށްފައިވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެންކަމަށްވާއިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.
މި ފިލްޓާ އާއި ލެންސާ އެކު، އުރީީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްނެޕްޗެޓް ބޭނުން ކުރަން ހާއްސަ ޑޭޓާ އޮފާތަކެއް ވެސް އުރީދޫން ވަނީ މިއަދު ތައާރަފުކޮށްފަ އެވެ. އެ އޮފާތަކުގައި ހިމެނެނީ އެއް ދުވަހަށް، އެއް ހަފުތާއަށް އަދި އެއް މަހަށް ހާއްސަ އޮފާތަކެކެވެ. އެއީ:
ދުވާލަކަށް - (އެލަވަންސް: 2 ޖީބީ؛ އަގު: 10ރ.)
ހަފްތާއަކަށް - (އެލަވަންސް: 10 ޖީބީ؛ އަގު: 50ރ.)
މަހަކަށް - ((އެލަވަންސް: 20 ޖީބީ؛ އަގު: 100ރ.)
މި އޮފާތައް އުރީދޫގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު