މަޖިލިސް ގަވާއިދު ތަން ނުދޭ ކަމަށް ވިދާޅުވެ، އިންޑިއާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ކުށްވެރިކުރަން ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތެއް ނުދެއްވިއެވެ.
މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ، އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ކުއްލި މައްސަލާގައި ބުނެފައި ވަނީ، އިންޑިއާގެ ގިނަ އަދަދެއްގެ ސްޓޭޓްތަކުގައި މުސްލިމު އެތައް އާއިލާތަކާއި ވަކިވަކި މުސްލިމުންނަށް އަނިޔާކޮށް، ގެދޮރު ސުންނާފަތިކޮށް ވިޔަފާރިތައް ހަލާކުކުރަމުންދާ ކަމަށެވެ. އަދި މުސްލިމުން ދިރިއުޅޭ ތަންތަން ބުލްޑޯޒަރު ބޭނުންކޮށްގެން ބިމާހަމަކުރަމުންދާ މައްސަލަތަކާއި، މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑަމުންދާތީ އެކަން ކުށްވެރިކުރަން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
އިންޑިއާގެ މުސްލިމުންނަށް އަނިޔާކޮށް، އަަސާސީ ހައްގުތަކުން މަހުުރޫމުކުރާއިރު، ދިވެހި ސަރުކާރުން ހަނު އޮތުމަކީ ދިވެހިން ރުހޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މި ކުއްލި މައްސަލައާބެހޭގޮތުން، މަޖިލިސް ރައީސް ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތަކުގައި ނަސްލުތައް އަދި ދީންތައް އެއް ހަމައަކަށް އެއް މަސްލަހަތަކަށް ހުރުމަށް މަސައްކަތް ކުރާތާ ފަސްސަތޭކަ އަހަރުވެއްޖެ ކަމަށެވެ. އަދި ކުއްލިއަކަށް އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާ ގުޅޭގޮތުން، މަޖިލީހުގައި އަޅުގަނޑުމެން ބަހުސް ކުރުމުގެ ފުރުސަތު ދޭން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފުރުސަތު ދިނުމަކީ، މަޖިލީހުގެ ގަވާއިދު ވެސް، ޑިމޮކްރެޓިކް އުސޫލުތައްވެސް، އަދި އަޅުގަނޑުމެން ބަލައިގެންފައިވާ އެއްމެހާ ހަމަތައް ތަންދޭ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު