ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް ސޯލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ތައިރޮއިޑް ފަރުވާއަށް ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ.
ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު