ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސްގެ ސިންގަޕޫރް ދަތުރުފުޅާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. ބެލެވޭގޮތުގައި ރައީސްގެ މިފަހަރުގެ ދަތުރުފުޅަކީ ވެސް ބޭސް ފަރުވާއަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ސޯލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ތައިރޮއިޑް ފަރުވާއަށް ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ.
ފަރުވާއަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު