ވަޒީރުންނާ ރަނގަޅަށް ސުވާލު ކުރެވި، ކަންކަން އޮޅުން ފިލުވުމުގެ ފުރުސަތު، މަޖިިލިސް މެންބަރުންނަށް އޮންނަ ގޮތަށް މަޖިލިސް ގަވާއިދަށް ބަދަލުގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި މެންބަރުން ވަޒީރުންނާ ސުވާލު ކުރުމަށް ކުރިން ދުވަހަކު ކުރިއަށްދިޔަ ވަގުތުގައި، މިނިސްޓަރުންނާ އިތުރު ސުވާލު ކުރުމަށް އޮންނަ ވަގުތު، ހަމަވާން ބާކީ ތިންމިނިޓް އޮއްވައި އެ ތިން މިނިޓް ބޭނުން ނުކޮށް އިތުރު ސުވާލު ކުރުމުގެ ވަގުތު ނިންމާލިކަމަށް ބުނެ، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ޝަކުވާ ކުރައްވާފައިވާ ކަމަށެވެ.
މެންބަރުގެ ޝަކުވާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ވަޒީރުންނާ ރަނގަޅަށް ސުވާލު ކުރެވި، ކަންކަން އޮޅުން ފިލުވުމުގެ ފުރުސަތުތައް މާބޮޑަށް މެންބަރުންނަށް އޮންނަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު އެމަގަށް ބަދަލު ކުރުމަކީ މެންބަރުންގެ އިސްތަށިފުޅުގައިވާ ކަމެއް، ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލިސް ގަވައިދުގައި މިވަގުތު އޮންނަނީ ވަޒީރުން، މަޖިލީހަށް ވަޑައިގަނެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް 14 ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ގޮތަށް ކަމަށެވެ. އެއޮތީ މީގެކުރިން އަމަލު ކުރަމުންދިޔަ ނޫ ގާނޫނުއަސާސީގައި އޮތް 14 ދުވަސް މަޖިލިސް ގަވާއިދަށް ފުރޮޅިގެން އައިސްފައި ކަމަށާއި، އެކަމާބެހޭގޮތުން މިހާތަނަށް މާބޮޑޫ ބަހުސެއް ހިނގާފައި ނުވަނީ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ، ކެލާ ދާއިރާގެ މެންބަރު ޝަކުވާ ހުށަހެޅި ދުވަހު، އިތުރު ސުވާލު ކުރުމުގެ ވަގުތު 24 މިނިޓް 46 ސިކުންތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މިނިސްޓަރުންނާ އިތުރު ސުވާލު ކުރުމުގެ ވަގުތަކީ 20 މިނިޓުގެ ވަގުތަކަށްވާއިރު، އެދުވަހު އިތުރު ހަތަރު މިނިޓް ސާޅީސް ހަ ސިކުންތު ދެވިފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް