ރޯދައިގެ ކުރިން ދޭން ޖެހޭ ރޯދަ އިނާޔަތް، މުވައްޒަފުންނަށް ނުދެވި އޮތް ކަމަށާއި، އެލަވެންސް މުސާރައާއެކު ދޭން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.
އެފްއޭއެމްއަށް މާލީ ގޮތުން ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު، އެ އިދާރާގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އިދާރާއިން ދޭން ޖެހޭ ބައެއް ފައިސާގެ ވާހަކަތައް މިދިޔަ ހަފުތާވެސް ނޫސްތަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކަށް ދޭން ޖެހޭ 2.9 މިލިއަން ރުފިޔާއެއް ދައްކަން ފީފާއިންވެސް ވަނީ އެފްއޭއެމްއަށް އަންގައިފައެވެ.
އެ ވާހަކަތަކުގެ ތެރެއިން މިއަދު އިވިގެން ދިޔައީ ރޯދައިގެ ކުރިން ދޭން ޖެހޭ ރޯދަ އިޔާޔަތް އެފްއޭއެމް މުވައްޒަފުންނަށް އަދިވެސް ނުދެވޭ ކަމަށް ދެކެވެމުންދާ ވާހަކައެވެ. އެ ވާހަކައަކީ ތެދެއް ކަމަށް އެފްއޭއެމްއިން "ވަން" އަށް ވަނީ ޔަގީން ކޮށްދީފައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަން" އަށް ވިދާޅުވީ "ރޯދަ އެލަވަންސް އަދި ނުދޭ ކަމަށާއި، މިމަހުގެ 10ގެ ކުރިން މުސާރައާއެކު ރޯދަ އެލަވަންސް މުވައްޒަފުންނަށް ދޭނެ،" ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދޭން ޖެހޭނެ ކަމަށެވެ.
- ރޯދަ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ
- މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނީ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އެކަނި
- ރޯދަ މަސް ފެށޭ އިރު، ޕޭ ލީވް އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދޭނެ
- އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުން
- ރޯދަ މަސް ފެށޭފަހުން އެފަދަ ލީވެއް ނަގާ ނަމަ، ލީވް ނަގާ ތާރީހަކުން ފެށިގެން އިތުރުވާ ފައިސާ އަނބުރާ ހޯދުން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް