ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުން ވިސާމް އަލީ އިސްތިއުފާދެއްވައިފިއެވެ.
މެލޭޝިއާގެ ސަފީރުކަމުގެ މަގާމަށް ވިސާމް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ.
ވިސާމް އިސްތިއުފާ ދެެއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަގާމުގައި ހުންނަވައި އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިސާމް ހާމަކުރައްވައިފައެެއް ނުވެއެވެ.
ވިސާމް ވަނީ ސަފީރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފައެވެ. ވިސާމްއަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އަނބިކަަނބަލުންނެވެ.
އެ ދެ ބޭފުޅުން ވެސް އެންމެ ފަހުން މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވެސް ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު