ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު ކުއްޖާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ހުޅުމާލޭ ޕިކްޕޯސްޓް ކައިރީ ހުރި ރޯހައުސްއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ހަތަރު އަހަރުގެ އަންހެން ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ ރޭ 12:30 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެކުއްޖާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދަ ކަމަށް ބުންޏެވެ.