ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރި ނުވަ މީހުން ދޫކޮށްލައިފިއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން ތިން މީހަކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ހިތަދޫ ކޯޓުން ދޫކޮށްލައިފައެވެ. އަދު ބާކީތިބި ހަ މީހުންގެ ބަންދަށް އެކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، ބަންދުގައި ބަހައްޓަން އަމުރުކުރި ހަ މީހުން ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެމީހުން ބަންދު ދޫކޮށްލިނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށުގެ ތުހުމަތުކުރިޔަސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު އައްޑޫން ހައްޔަރުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން ހުންނަވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު