އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދޮންބައްޕަ، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މީގެ ކުރިން ފުލުހުން ބުނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ،ރ،ބ،ޅ އަތޮޅުގެ ރަށަކުން ކުރި ރިޕޯޓަކާ ގުޅިގެން އެމީހާ ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ކުރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްްދަތު ޖެހީ ހޯމަ ދުވަހުއެވެ.
ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ނޯތު ޕޮލިސް ޑިވިޝަންގެ ރަށަކުން ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފޯނަކުން ޖިންސީ ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ފެނިފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެންނެވެ.
މިދިޔަ މަހުގެ ކުރީކޮޅުވެސް ނ،ރ،ބ،ޅ އަތޮޅުގެ ރަށެއްގައި 12 އަހަރުގެ ދޮންދަރިޔަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދޮންބައްޕަ އަކީ އެރަށު މިސްކިތެއްގެ މުދިމެވެ.
ޚަބަރު
ޚަބަރު
ޚަބަރު