ނ. މާފަރު މަގުތައްމައްޗަށް އުކާލާފައި ހުރި ތާރުތައް ނަގައި ސާފުކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓިސީސީން ބުނެފި އެވެ.

އެމްޓިސީސީން ބުނީ މާފަރު މަގުތަކުގައި އުކާލާފައި ހުރި ތާރުތައް ނެގެމުގެ މަސައްކަތަކީ ރައީސް އޮފީހުގެ އެދިވަޑައިގަތުމަކަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މިއީ މާފަރަށް މިދިޔަ ޖެނުއަރީ މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލުން އެމަނިކުފާނުގެ އަރިހުން އެދުނު ކަމެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މާފަރުގެ މަގުތަކުގައި ހުރި ތާރު ތަކަކީ އެރަށު އެއާޕޯޓު މަސައްކަތް ނިންމައި ބާކީވެފައި ހުރި ތާރު ތަކެކެވެ. މި ތާރުތަކުގެ ސަބަބުން އެރަށު ރައްޔިތުންނަަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.