އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނެދަލެންޑްސްގެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އައްޑޫގައި ހަދާފައިވާ ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭގައެވެ.
އެގޮތުން އެ މަޝްރޫއު ހިންގަން ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ އެވެ. އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޑްރެޖިންގް، ކޯނީލިއަސް އެޑްރިއާން ޑި ބްރުއިންއެވެ.
އެ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. އެއީ:
- ހިތަދޫއަށް 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖަހާނެ
- މަރަދޫ/ މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖަހާނެ
- ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖަހާނެ
- ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖަހާނެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު