ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ފޯރިމަަރަން ފަށައިފިއެވެ.
އިދިކޮޅު ޕީޕީއެމްއާ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި "އިންޑިއާ އައުޓް"ގެ ބޮޑު ހަރަކާތެއް މާލޭގައި ކުރިއަށް ގެންދަން ނިންމައިފައެވެ.
ފުލުހުން ވަނީ އެ ހަރަކާތަކީ ގާނޫނާ ހިލާފަށް ހިންގަން އުޅޭ ހަރަކާތެއް ކަމަށް ތުހުމަތުކޮށް އެ ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް އިދިކޮޅުން ވަނީ އެ ހަރަކާތް ތާވަލާ އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތް ފަށަން ހަމަޖައްސާފައިވާ މިއަދު ހަވީރެވެ. އެހެންވެ އެސްއޯ ފުލުހުން ވަނީ މަޖީދީ މަގުން ޕީޕީއެމްގެ އޮފީހަށް ނާދެވޭ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ފެއްޓެވި ހަރަކާތެކެވެ. އިދިކޮޅުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ހަރަކާތް ކުރިއަށްގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު