ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު މެންބަރުން އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ފަސް ބޭފުޅުންނަށް އޭސީސީގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަހުމަދު މުުތަސިމް އަދުނާނެވެ.

  • އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި
  • އަބްދުއްސަލާމް ހަވާ، ށ.ނަރުދޫ
  • ތާހާ މުހައްމަދު ކަޅިހާރުގެ، އދ.މާމިގިލި
  • ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
  • ޝިޔާމާ މުހައްމަދު ނާރެސް، ރ.ހުޅުދުއްފާރު

މި ބޭފުޅުންގެ ތެރެއިން ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައިފައެވެ.

އަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އޭސީސީގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވައިފައެވެ.

ތާހާ ހުންނެވީ "ދަ ލިޓިޖެންޓްސް އެލްއެލްޕީ"ގެ ޕާޓްނަރެއްގެ ގޮތުގައެވެ. ރައީސް އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަންވެސް ކުރައްވާފައިވާ ތާހާއަކީ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވައިފައެވެ.

ޝަޒްނާ އެންމެފަހުން ހުންނެވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ބެޗްލާސް ޑިގްރީން ކޮމާސް (އެކައުންޓިން) ހާސިލުކުރައްވައިފައެވެ.

ޝިޔާމާ އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލުކުރައްވައިފައެވެ.