އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިސްކަން ދެއްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
- އާދަމް ޝާމިލް، ތ. ވިލުފުށީ، ރަތްވިލާގެ
- އަބްދުއްސަލާމް، ށ. ނަރުދޫ، ހަޥާ
- ތޯހާ މުހައްމަދު، އދ. މާމިނގިލި، ކަޅިހާރުގެ
- ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
- ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް
އޭސީސީއަށް މެންބަރުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، ގިނަ ދުވަސްތަކެއް ވަންދެން އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮއްވައެވެ. އެ ކޮމިޝަން ގާނޫނީ ހުސްކަމަށް ދިޔައީ ކޮމިޝަންގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެންމެ ފަހުން އޭސީސީގައި ތިއްބެވި މެންބަރުން އެ ކޮމިޝަނުން އިސްތިއުފާދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.
އޭސީސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަސް ތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު