ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ.
އެގޮތުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބި ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން މީގެ ކުރިން ޕީސީއާރް ޓެސްޓު ހަދަން ޖެހުނަސް މިހާރު ޕީސީއާރް ޓެސްޓު ނުހަދައި ރާއްޖެއިން ފުރޭނެއެވެ.
މީގެ އިތުރުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިއުއެޗްއޯއިން އިމަޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާ ކޮވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަ މަހުވެސް ބައެެއް ލުއިތައް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު