ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިންމައި އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އާންމުންނަށް މިއަދުން ފެށިގެން މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ މި މަސް ނިމުމުގެ ކުރިން ޒަރޫރީ ބޭނުންތައް ހިޔާ ފްލެޓް ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.
ހިޔާ ފްލެޓުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެން ފެށިއިރުވެސް އެ ސަރަހައްދުގެ މަގުތައް ހުރީ ނުނިމިއެވެ. އެކަމުގެ ކަންބޮޑުވުން ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެޗްޑީސީއަށް ހުށަހެޅިއެވެ.
ހިޔާ ފްލެޓްތައް ހިމެނޭ ސަަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން އެޗްޑީސީން ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ނޮވެންބަރު މަހަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ތާރީހަށް ނިންމޭ ގޮތް ނުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު