ރަޝިއާއަށް އެމެރިކާގެ ވައިގެ މަގު ބަންދުކުރިކަން އިއުލާނުކޮށްފިއެވެ. މިކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވާފައިވަނީ ރޭ ގައުމާ މުހާތަބުކުރައްވައި ކުރިއަށް ގެންދެވި އެމެރިކާގެ ސްޓޭޓް އޮފް ދަ ޔޫނިއަން ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވާހަކަފުޅުގައި ބައިޑެން ވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމަލުތައް ތަކުރާރުކޮށް ކުށްވެރިކުރައްވައި ޔޫކްރޭނަށް ހިތްވަރުގެ ބަސްތައް ރައްދުކުރައްވައިފައެވެ.
ރަޝިއާއަށް އެމެރިކާގެ ވައިގެ މަގު ބޭނުންކުރުން މަނާކުރަން ނިންމާފައިވަނީ ބައެއް ގައުމުތަކުން ރަޝިއާއާ ދެކޮޅަށް މި ފިޔަވަޅު އަޅާފައިވަނިކޮށެވެ. ބައިޑެންގެ ވާހަކަފުޅުގައި ރަޝިއާގެ އަމަލުތައް ކުށްވެރިކުރައްވައި ވިދާޅުވީ އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރަޝިއާއަށް ދަތިކުރުމުގެ ގޮތުން އެގައުމުގެ ވައިގެ މަގު ބަންދުކުރި ގައުމުތަކާ އެމެރިކާއިންވެސް ގުޅިފައިވާ ކަމަށެވެ.
ރަޝިއާ ފުލައިޓުތަކަށް ވައިގެ މަގު ބަންދުކުރުމަށް މީގެ ކުރިން ހުޅަނގުގެ އިއްތިހާދުންނާއި ކެނެޑާއިން ވަނީ ނިންމާފައެވެ. ހުޅަނގުގެ ގައުމުތަކަކުން ރަޝިއާއާ ދެކޮޅަށް މިފިޔަވަޅު އަޅާފައިވާކަން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލީން އިއުލާނުކުރެއްވުމުގެ ކުރިން ފުރާންސް، ޖަރުމަން އަދި އިޓަލީންވަނީ ރަޝިއާއަށް އެ ގައުމުތަކުގެ ވައިގެ މަގު ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ