އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރައްވައިގެން، ސިޔާސީ މަގާމުތަކުން ބައެއް މީހުން ވަކިކުރަމުންދާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން، ބައެއްމީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅުމަކީ، ކަންބޮޑުވެވަޑައިގެން ހިތާމަކުރާކަމެއް ކަމަށެވެ.
ރިޔާސީ ނިޒާމެއްގައި އޮންނަ މިންވަރަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީފައި ނުވާއިރު، ވެރިކަން ކުރުމަށް އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ހަނި ފުރުސަތު ނަގައިލުމަށް، "އަޅުގަނޑުމެން ވެރިކަންކުރާ ޕާޓީ ތަމްސީލްކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަތާއިފައި ބުރިކޮށްލަން މި ކުރާ ނޭއްގާނީ މުޑުދާރު އަމަލު ކުށްވެރިކުރައްވާ،" ކަމަށެވެ.
އޭނާ ވިދާޅުވީ، އަމިއްލަ ޕާޓީ މީހެއް ކަމަށްވިޔަސް އެމީހަކާ ހަވާލުކުރާ މަސްއޫލިއްޔަތު ބަރާބަރަށް އަދާ ނުކުރާ ނަމަ، އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ނުދޭނަމަ، އެމީހަކު ވަޒީފާއިން ދުރުކުރަން ޖެހޭނެ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހޭނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށާއި، ގައުމު ހިންގެވުމަށް ހުވައި ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
"އެހެންކަމުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން، ވަޒީފާދޭ ފަރާތްތަކުން، އެމީހެއްގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާނަމަ އަދި އެންމެ އެކަށީގެންވާ ގާބިލުކަން ނެތްކަމަށް ފެންނަންޏާ އެތެރެރޭގެ އިންތިހާބެއް އޮތަސް ބޭރުގެ އިންތިހާބެއް އޮތަސް އެއީ އެމަނިކުފާނަށް ލާޒިމުކަމެއް، ވާޖިބު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ޝަރީފް އިތުރަށް ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހަނި ފުރުސަތު ނިގުޅައިގަތުމަށް ޓަކައި ވެރިކަންކުރާ ޕާޓީން، އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެއީ ބިރުވެރިކަމެއް ކަމަށާއި ނުރައްކާކަމެއް ކަމަށާއި، ސަރުކާރު ވައްޓާލުމަށް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތަށް އަޅުގަނޑު ސިފަ މިކުރަނީ ކެރިހުރެ ސާބިތުކަމާއެކު މިކަހަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ފެނިއްޖެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވެރިކަމުން ބައިލަންވެސް މި މަޖިލީހުގައި އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެ އެމަސައްކަތް ކުރިން، ހަމަ އެކަން ފެށިގެން ކުރިއަށް މިދަނީ، މިއީ ރައީސާ ދޭތެރޭ ހިންގާ އުދުވާނީ ހަމަލާއެއް،" ކަމަށް ޝަރފގް ވިދާޅުވިއެވެ.
މެންބަރު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލަ އަމާޒު ކުރައްވާފައި ވަނީ، ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު މަގާމުން ވަކިކޮށްފައިވާތީ އެވެ.
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު