ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ)، ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންފިއެވެ.

މަވޯޓާ "ވަން" އަށް މިރޭ ވިދާޅުވީ އެގޮތަށް ނިންމީ، އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ޖެހުނު މައްސަލައިގެ ތަފުސީލެއް އޭނާ ނުދެއްވައެވެ. ނަމަވެސް އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ދޮގެއްކަން ކަށަވަރުކޮށްދެއްވިއެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މަވޯޓާއަކީ މެމްބަރުކަމުގައި އެންމެ ދުވަސްވީ އެއް މެމްބަރެވެ. އޭނާ އެންމެ ފުރަތަމަ ސޮއިކުރެއްވި ޕާޓީއަކީވެސް އެމްޑީޕީއެވެ. އެ ފަހުން ޑީއާރްޕީއަށް ސޮއިކުރެއްވި ނަމަވެސް ފަހުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.