އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މާލެއިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ހެންވޭރު ގެއެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެޓެންޑުވެފައިވާ ކަމަށާއި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި އިރު، އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ ހ. ރަތްވިލާގޭގައެވެ.

ރަތްވިލާގެއިން ޒުވާނަކު ހައްޔަރުކުރާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުކުރަމުންނެވެ.