ޚަބަރު

މާލޭގައި އައުޓްޑޯ ފުޑް ކޯޓެއް އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

މުހައްމަދު އިޝާން

މާލޭގައި އައުޓްޑޯ ފުޑް ކޯޓެއް އެޅުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން މާލޭގައި އައުޓްޑޯ ފުޑް ކޯޓެއް އެޅުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ [email protected] މެއިލްކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ސަބްމިޝަން ފޯމާއި ޕްރޮޖެކްޓާ ގުޅޭ އާރުއެފްޕީ ގެޒެޓުގައި ކުރި އިއުލާނުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.

މާލޭގައި މިވަގުތު ހުރި ހަމައެކަނި ފުޑް ކޯޓަކީ ހާބަރު ފުޑް ކޯޓެވެ. އެތަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ތަރައްގީކޮށްފައިވާ ތަނެކެވެ.