އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގްޔޫމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ފަދަ ހަރަކާތްތައް ހުއްޓުމަށްޓަކައި، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި، ބިލު މަޖިލީހުގެ ތަޅުމަށް ހުށަނޭޅުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެގެން ކަމަށް އެ ބިލު ހުށަހެޅުއްވުމަށް ނިންމެވި، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޕީޖީ ލީޑަރު ކަން ގެއްލުނުފަހުން މަޖިލީހުގައި ވާހަކަ ދެއްކެވި ފުރަތަމަ ދުވަހުގެ ގޮތުގައި، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވުން، އާޒިމް ވަނީ އޭނާއާ ވާދަ ކުރައްވައިގެން ޕީޖީ ލީޑަރުކަަމަށް އަލަށް ހޮވިވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް މަރުހަބާ ވިދާޅުވެފައެވެ.
އެއަށްފަހު އަލީ އާޒިމް ވިދާޅުވީ، އޭނާ ޕީޖީ ގްރޫޕުގެ ލީޑަރުކަމުން ވަކިވިއިރު ޕީޖީ ގްރޫޕުން ނިންމާފައިވާ ނިންމުމެއް މަޖިލީހަށް ހުށަނޭޅިވާ ކަމަށެވެ. އެއީ ބޭރުގެ ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ އަމަލު ހުއްޓުވުމުގެ ބިލު ކަމަށާއި އެ ބިލު މަޖިލީހަށް ހުށަނޭޅުނީ، އެކަމުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރުމުންނާއި، ވަގުތުވެސް ނެތުމާއެކުގައި ކަމަށެވެ.
އެ ބިލާމެދު ހިތްނުތަނަވަސް ކަމާއި، ހިންގައިމު ނޫން އަދި އެކަމާ ގަބޫލުނޫން މެންބަރުންނަކީ، ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކި އެކި ކަންކަމަށް ބޭނުންވާ މެންބަރުން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.
އުއްމީދު ކުރައްވަނީ އަލަށް އިންތިހާބު ކުރި ޕާލަމެންޓްރީ ގުރޫޕުން އެބިލާމެދު ގޮތެއް ނިންމަވައި މަޖިލީހަށް ހުށަޅުއްވާނެ ކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް