ފުޅާ ދާއިރާއެއްގައި ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ ރޫޓު ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައުގައި ހިމެނޭ މީހުން ދެ އަހަރާއި، ހަތަރު މަހާއި ސައުވިސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިއީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ފޭރިގެންފައިވާ ފައިސާ ތަކެކެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު އާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހުމަދު އަމީރުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ.
އެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިއުތިރާފާއެކުއެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުން ކަމަށްވިޔަސް، މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އިތުރުން އަވަސްނިޔާގެ މަރުހަލާގައިވެސް އެމީހުން ކުށަށް އިއުތިރާފުވެފައިވާތީ، އަދަބު މަތި ކުރާނެ ހާލަތެއް ނެތުމުން، އެމީހުންނަށް އިއްވާފައިވަނީ 2 އަހަރާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި ދައުލަތުން ފަސްމީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭޭގެ ތެރެއިން ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީންދައުވާއަށް އިއުތިރާފު ވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު