ފެނާއި ނަރުދަމާގެ ގާނޫނާހިލާފުވާ ފަރާތްތަކާއި، އެ ގާނޫނުގެދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތައް، 1،000،000 ރުފިޔާއަށްވުރެން ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހުގައި ބަހުސް ފަށައިފިއެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކުޅުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.
މި ގާނޫނުގައި މިހާރުވެސް ބައެއް ކަންތައްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ނުހޯދައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް 500،000 ރުފިޔާއިން ޖޫރިމަނާކުރާގޮތަށް ވަނީ ހިމަނައިފައެވެ.
ފެނާއި ނަރުދަމާ ނަހަމަ ގޮތެއްގައި ބޭނުންކޮށްފި ފަރާތެއްގެ އަދަބެއްގެ ގޮތުގައިވެސް އެއްމިލިޔަން ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުންވެސް ބައެއް އެހެން ޖޫރިމަނާތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް