ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީގައި ކޮމަންޑޫ ދާއިރާއަށް އިންތިހާބު ކުރި، އެމްޑީޕީގެ އާ މެންބަރު މުހައްމަދު ރާޝިދު ހިމަނުއްވައިފިއެވެ.
އެ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރާޝީދު ހިމެނުއްވިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނިފައިވާގޮތަށް އައި ބަދަލު ހާމަ ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަށް އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުން މުހައްމަދު މުމްތާޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުން ހަމަޖައްސަވަނީ، އެމަނިކުފާނު ނޫން ކަމަށެވެ. އެއީ ޕާޓީތަކުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކުރައްވާ އިއުލާނެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް