ކޮވިޑު ޖެހިގެން އައްޑޫ ސިޓީން މީހަކު މަރުވެ، އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު 291 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 90 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 8:50 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 15 ވަނަ މީހާއެވެ. އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 291 އަށް އަރައިފައެވެ. އެއީ 272 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު