ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޖެނުއަރީ މަހުގެ އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް މުގުރާލައި އާ ރެކޯޑެއް ހަދައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިއްޔެއަކީ ރެކޯޑް އަދަދަކަށް އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ދުވަހެއް ކަމަށެވެ.
އެގޮތުން އިއްޔެ އެކަނި 839 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑު ކުރެވިފައިވާއިރު މި އަދަދާ އެންމެ ގާތްކުރާ އަދަދަކަށް އެއާ ޓްރެފިކް މޫވްމެންޓްސް ރެކޯޑް ކުރެވިފައިވަނީ ޖެނުއަރީ ދެވަނަ ދުވަހު އެވެ. އެދުވަހު ރެކޯޑް ކުރެވިފައިވަނީ 826 އެއާ ޓްރެފިކް މޫވްމަންޓެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެ އެކަނިވެސް 210 ބޯޓު، ވީއައިއޭގެ ރަންވޭ ބޭނުންކޮށްފައިވާ ކަމަށާއި 629 ސީޕްލޭން މޫވަމަންޓްސް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
މި ދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހު ރާއްޖެ އާދެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު ދުވާލަކަށް އެވްރެޖުކޮށް 4،901 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު