ޅ. ނައިފަރުގައި ސަރުކާރުން އިމާރާތް ކުރި 100 ހައުސިން ޔުނިޓު ނިންމައި، އެ ހައުސިން ޔުނިޓުތައް އެރަށުގެ ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.
ނައިފަރުގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓުތައް ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ނައިފަރު ކައުންސިލްގެ ފަރާތުން ހައުސިން ޔުނިޓުތަކާ ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ.
ނައިފަރުގައި ހައުސިން ޔުނިޓުތައް އަޅާފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޖަނަވަރީ 2020ގައެވެ.
ޖުމުލަ 72 މިލިއަން ރުފިޔާ މި މަޝްރޫއު ދަށުން ހަދާފައިވާ ހައުސިން ޔުނިޓުތަކުގައި ހިމެނެނީ ތިން ބުރީގެ ތިން ބްލޮކްއާއި ހަތަރުބުރީގެ އެއް ބްލޮކްއެވެ. ތިން ބުރީގެ ތިން ބްލޮކްގައި ހިމެނެނީ 24 އެޕާޓްމަންޓް ޔުނިޓެވެ. އަދި ހަތަރުބުރީގެ ބްލޮކުގައި ހިމެނެނީ 28 އެޕާޓްމަންޓް ޔުނިޓެވެ.
މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިން/ ޑައިނިން ރޫމެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު