ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި ދިހަ ކްލާސްރޫމާއި އޭވީ ރޫމާއި ސްޓާފް ރޫމްގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެ އިމާރާތް ރައީސް ސޯލިހު ހުޅުއްވައިދެއްވީ މަދަރުސަތުލް އިފްތިތާހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަދަރުސަތުލް އިފްތިތާހުގެ ޕްރިންސިޕަލް، އައިޝަތު ފަރުހަދު ޖަލީލް ވިދާޅުވީ، އަލަށް އިމާރާތްކުރި ދިހަ ކްލާސްރޫމާއި އޭވީ ރޫމާއި ސްޓާފް ރޫމަކީ އުމްރާނީ ގޮތުން ސްކޫލަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މިއީ ތައުލީމީ އަޑިގުޑަންތަކުން އަރައިގަތުމަށް، އަޅުގަނޑުމެންގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދެވުން،" އައިޝަތު ވިދާޅުވިއެވެ.
އައިޝަތު ވަނީ އާ އިމާރާތް އެ ސްކޫލުގައި ގާއިމުކޮށްދިނުމުން ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފައެވެ.
މަދަރުސަތުލް އިފްތިތާހުގައި އާ އިމާރާތް ހުޅުވައިދެއްްވުމަށްފަހު ރައީސް ވަނީ އެ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު